ގދ. ތިނަދޫ ދެކުނު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ވަނީ 8 ޖޫން 2020 ގައި ނިންމާފަ

ގދ. ތިނަދޫ ދެކުނު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ވަނީ 8 ޖޫން 2020 ގައި ނިންމާފައެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހަވާލުކޮށްފައިވާ މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ މިނިސްޓްރީއިން ދެއްވާފައިވާ ސްޕެސިފިކޭޝަންތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ދިމާވާ ލޮޖިސްޓިކަލް މައްސަލަތައް ހައްލުކޮށް، ޕްރިކޯޝަނަރީ ފިޔަވަޅުތަކާއިއެކު މިމަސައްކަތް ކުރިއަށް ގެންދެވުމުގައި ސައިޓް ސުޕަވައިޒަރުންނާއި މަސައްކަތްތެރިންގެ ފަރާތުން ޕްރޮޖެކްޓްގެ މަސައްކަތަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްފައިވާކަމައްޓަކައި ޝުކުރު އަދާކުރަމެވެ.

No Comments

Sorry, the comment form is closed at this time.